ARAABAARU

ARAABAARU

ޖޫން 2011

މިއަހަރުގެ އެންމެ ފަހުގެ ލިޔުންތައް

2011-06-09

ބަދަލުވި މަސްވެރިކަމުގެ ވެށި- ކަމުދާ ބަދަލެއްބާ؟


މުޙައްމަދު މަތީން


މިއީ ވިހިވަނަ ގަރުނުން ފެށިގެން 21 ވަނަގަރުނުގެ ތެރެޔަށް މަސްވެރިންނަށް ވަދެވުނު އިރު މި ސިނާއަތުގެ ވެއްޓަށް ދިވެހިން ގެނެސްފައިވާ މައިގަނޑު ބަދަލު ތަކެވެ. މިއީ މަސްވެރިންގެ ވެށި ހާއްސަކޮއް މަސްކަނޑު ތަކާއި އެންފަރު ތަކުގެ ސައިޒައް އަދި ފުން ތިލަ މިނައް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު މަސްވެރިންނަށާއި މަސްވެރި އުޅަދު ފަހަރު ފަރުމާކުރުމަށާއި، ކުލާއަށާއި، ސައީޒަށާއި، ދޯނީގެ ފުން ތިލަ މިނަށް އަދި އިންޖީނުގެ އިތުރުން ވާވެލާވެލިތަކައް މިވަނީ ހާސް ބަދަލު ތައް އައިސްފައެވެ. ފަން ޖުފުޑި ގަނޑަކު ދިރި އުޅުނު މީހަކައް ރީތި ޒަމާނީ ގެއެއް ލިބުނީމާ ހާދަހާ އުފާވަނެތާއެވެ، އެކަމަކު މަސްވެރިން ފަނުން ފައްޔަށް ބަދަލުވެ، ރިޔަލުން އިންޖީނައްބަދަލުވެ އަދި ލަކުޑިން ފައިބަރައް ބަދަލުވި އިރުވެސް ހިއްހަމަ ޖެހޭކަމަކައް ނުވެއެވެ. ދެ ގަރުނު ފައްތަރު ވެގެން ދިޔައިރު ވެފަ ހުރި ކަންތައްތަކާއި ނުވެ ހުރި ކަންތައްތައް މި ރިޕޯޓުން ސާފުވާނެއެވެ.


20 ވަނަ ގަރުނުގައި މަސްވެރި ކަމުގެ ވެށި އޮތް ގޮތް


20 ވަނަ ގަރުނުގައި ރާއްޖޭ ގެ މަސްވެރިކަން ކުރަމުން ދިޔައީ ލަކުޑި ފަންސާސް ފޫޓަށް ވުރެ ކުދި ދޯނިފަހަރުގައި ރިޔާލާއި ދެ ސުލިންޑަރ ނުވަތަ 35 ހޯސްޕަވަރުން ދަށުގެ ދޯނިފަހަރުގައެވެ. މި ވަރުގެ ދޯނިފަހަރުގައި އާއްމުކޮން މަހަށް ގޮސް އުޅުނީ 7 ވަރަކަށް ނުވަތަ އެއް އާއިލާއެއްގެ މީހުންނެވެ. ތެލުގެ ހަރަދަށް ބަލާއިރު އެއީ ދުވާލަކައް 200 އާއި 300 ލިޓަރުގެ އަދަދެކެވެ، ނިސްބަތުން ދޯންޏަކައް ބޭނިފައި ވަނީ ދުވާލަކަށް 4000 އާއި 7000 ވަރަކައް ކިލޯ މަހެވެ އެއީ އިރުވާއި 7 ނަކަތަށް ބަލާ އިރު މިލާދީ ކަލަންޑަރުން 4 މަހުގެ ޖުމުލަ އަދަދެވެ. މަހަން ފުރުވަން ދިޔަ ހަރަދަށް ބަލާއިރު މައިގަނޑު ހަރަދެއް ހިނގަނީ ތެލަށެވެ ކޮންތަށް ދިޔަ ހަރަދެއް ފެންނާކަށެއް ނޯވެއެވެ، މި ހަރަދު ހިނގަނީ ފަޅުވެރިންގެ ގެއިން ރޭގަނޑު ކެއުމުން ބާކީވާ ބައިންނެވެ. އެހެންނަމަވެސް އަލަށް މަހަން ދާ ޒުވާނުންނަށާ އަތޮޅާއި ދުރަށް މަހައްދާ މަސްވެރިންނަށް އެމީހުންގެ ލޯބިވެރިން ފޮނިރޮށި ފިހެދީ ދީ އުޅުނަކަން ދަންނަމެވެ. އިރުވައި މޫސުމުގެ މަސްވެރި ކަމަށް އަލްވަދާޢު ކިޔާއިރު މަސްދޯނިތައް ހުންނަނީ ހީފިލުވާލުމައްޓަކައި އެއްގަމުގައި ފަނުން ހިޔާކުރެވިފައި ހަރުގެ ތަކުގައެވެ.


އިރުވައި މޫސުމުގެ މަސްވެރި ކަމުގެ ނަފައިން ހުޅަނގު މޫސުމްގައި މަސްވެރިން އުމުރާނީ މަސައްކަތުގެ ބައެއް ކަންތަން ކުރުމަށް މަސްޢޫލުވެ އުޅޭނެ ކާޑާއި ފައިސާ ރަށްކާކުރާން ލިބޭ ކަމަށްވެއެވެ. މި ގޮތުން ބައެއް މަސްވެރިން އެމީހުން އަބިން ވިހޭ ގޭތެރެ ބަލަހައްޓާ، ފިރިހެން ދަރިން ހިތާނުކޮށް، އަލައް ލިބުނު ގޯތީގެ ވިނަ ނޮޅާ، ރުއްގަހަށް ބަދަލު ދީ، ރުއް ކަނޑާ އިން ފާރު ރަނާ، ފަން ފުރާޅު ޓީނައް ބަދަލު ކޮށް އުލޭ އިރު ދުވަސްވީ މަސްވެރިން އަތިރި މަތީ ހޮޅު އަށި ތަކުގައި ތާސްބައިން މުނި ފޫހި ފިލުވަމުން ދާއިރު އަނެއްބައި މަސްވެރިން ދަނީ ޓިނު ފުރާޅާށް ބަބުކެޔޮ ވެއްޓޭވަރުންނާއި އަވައްޓެރި ގޭގެ މީހުންންއް ގަހުން އުފެދޭ ކުނީގެ އުދަގުލުން ސަލާމަތް ކުރުމަށްޓަކައި ގަސްކަނޑާށެވެ. އަދި މި މޫސުމުގައި އާމްދަނީ އިތިރު ކުރުމަށް ވެލިގާ ނަގަން މާލެ ދާ ބަޔަކު އުޅުނުކަން ވެސް އަޅުގަނޑުގެ ހަދާނުން ކައްސައެއް ނުލައެވެ. މި މަގުން ދުވަސްތައް މާޒީ ގެ ތެރަޔައް ވަންނަމުން ދިޔައިރު މަސްވެރިން ތެރެއަށް ޖެހޭ ވަޔާ އޮޔެވެސް ދިޔައީ ބަދަލު ވަމުންނެވެ.


އޮޔާ ވަޔަށް އައިސްފައިވާ ބަދަލު

އާއިލާތެރޭގައި ރިޔަލާއި ކުދި ލަކުޑި ދޯނި ފަހަރުގައި ހަމައެކަނި އިރުވައި މޫސުމުގައި ކުރެވެމުން ދިޔަ މަސްވެރި ކަން މިއަދު މިވަނީ ސަތޭކަ ފޫޓަށްވުރެ ބޮޑުވެ ފައިބަރަށް ބަދަލުވެ 15 ހޯސްޕަވަރުގެ އިންޖީނުން އެތައް ސަތޭކަ ހޯސްޕަވަރަށް ބަދަލުވެ އާއިލާގެ ފެންވަރުގައި ހަމަ އެކަނި އިރުވައި މޫސުމުގައި ކުރެވެމުން ދިޔަ މަސްވެރިކަން ދެ މޫސުމައް ބަދަލުވެ މުޖުތަމައު ފެންވަރުގައި ނުވަތަ އެއް އާއިލާއަށް ވުރެ ބޮޑަށް ފެތުރިފައެވެ. ނަތިޖާއެއްގެ ގޮތުން އޮޑި ވެރިންގެ އަތުން ދޯނި މަހަން ނެރުމުގެ ހަރަދު އިންތިހާ އަށް މިވަނީ ބޮޑުވެފައެވެ. ކުރީގެ 7 މަސްވެރިންނަށް ގޭގެ ދޮރުގައި ޓަކިޖަހައިގެން ހޭއް ލައްވާ އިރު މިއަދު މޯބައިލް ފޯނުން ގުޅައިގެނ 30 ނުވަތަ 25 ފަޅުވެރިން ހަމާވާ އިރު ޖީބުން އެތަށް ފޯނު ކާޑެއް ހުސްވާނެއެވެ. ފަޅުވެރިންގެ ކޮއްތާ ބޯފެން އަރުވައި ނިމޭ އިރު ދެމީހެއްގެ ގުދާރު ބިންދާގެން ދާހާވަރުވެއެވެ. ތެޔޮ ޓޭންކު ފުރާލެވޭއިރު ހާހުން ގުނާލަން ފަސޭހަނަމަވެސް އެއީ ހަގީގަތުގައިވެސް ޖީބަށް ބުރަ އަދަދު ތަކެކެވެ. އެއްމެ ދުވަހަކު މަސް ނުބޭނުނަސް ދަރަނީގެ ބޮޅުތައް ރިނބިދޫ ތިލޭރުން ގަތާ ފައްޓަރު ބަޔަކަށްވުރެ ދިގުވާނެއެވެ. ޓެކުނޮލޮޖީގެ އެހީގައި ރޭގަނޑުގެ ކަޅު އަނދިރިކަން ދުވާލައް ހަދައިގެން ދޯކާ ދީގެން އެންހިފިއިގެން ކަނޑުގައި ހުސްރޮގުތަކެއް ދަމާފައި ރަށަން އަންނައިރު ދޯނީގެ ސައިޒަށާއި ކުރެވޭ ހަރަދާއި އެކަށީގެންވާ ވަރަށް މަސްނުލިބޭތީ ފަޅުވެރިން މާޔޫސްވާއިރު އޮޑިވެރިން ތިބެން ޖެހެނީ ހާސްކަމުގެ ތެރޭގައި އެތަށް ހާހަކުން ބެންކަން ދަރާފާއެވެ.

ލަކުޑިން ފައިބަރަން ދާންޖެހުނު ސަބަބުތައް

ރުއް ގަސް ބޭނުން ނުކޮއް ދޯނިފަހަރު ބަނުމަކީ މިއަދު ރަށުގެ މަލަމަތި ރީތިވެ، ހިޔާވަހިކަން އިތުރެވެ ގެނދަބުޅިން ޖައްވު ސާފުވުމެގެ އިތުރުން ދިވެހިން ވަރަށް އުފާވާނެ ކަމެކެވެ. މިއަދު މަސްވެރިން ވެލަޔާ ކަށިމިއަރުން ތެޔޮ ހާނާ، ފިއްލޮޔާއި ގެނދަބޫޅި ލައިގެން ކަނޑި ގިރާތަން ދުން ލޮލެން ހުންނާނޭ ބުނާކަށް ނުކެރޭނެއެވެ، މަތި ކަނުގައި ފައްދަމާގެން ނޮޅިއަން ތަދުވާތީ އުޅޭނެ މީހަކުވެސް ނެތެވެ، އަދި ދިޔަ ހިއްކާ ފައި މަސް އައިނައް ފެންލާން ގެންގުޅުނު ފެނެފުޅަފި، ކަތި ރިޔާ ފަދަ ތަކެތި ކުރެހުމަކުން ނޫނީ ފެންނާކަށް ނެތެވެ. ދޯނީގައި މަސް އައިސް ފިނިކުރާކަށް ދެވެނަ ވިސްނުމަކަށް ދާކައް ނުޖެހެއެވެ. ވާރެ މައްޗަށް ވާރެ ވެހުނުސް ގޭގައި ދެކަށްނެޔޮ މަތީ ބެނުން ގަޑިޔަކު ނިދަން އެޔޮވިދާނެއެވެ. މި މޭރުމުން ފައިބަރު ދޯނީގެ މޮޅުވާހަކަ ކިތައްމެ ވަރަކަށް ވެސް ލިޔެވިދާނެއެވެ. ހިތާމައަކީ ދިވެހި ފައިސާގަ ފަސްރުފިޔާ ނޯޓުގައި ދިވެހި ލަކުޑި މަސްދޯންޏެއް ފެންނާތި ހިތައް ވާ ތަދެވެ، ފަހަރެއްގެ 500 ރުފިޔާ ނޯޓު އައު ގަވަރނަރ އަލަށް ޗާޕައްދާއިރު ފައިބަރު ދޯންޏެއްގެ މަންޒަރު ދައްކާލެވިއްޖާ ހަތަރެސްކަން ހަމަވީއެވެ.

ކައްޗަށް އެޅުނު ފިޔަވަޅު ކެއްޗާ ހަމަޔައް އެރި އިރުވެސް ކައްޗަށް

ދެބަސްވާކަން ބޭނުމެއްނޫނެވެ، މަސްވެރިންނަކީ ހުނަރުވެރި،ހީވާގި، ތޯހިރު ގޮތުގައި ފައިސާ ހޯދައިގެން ދިރު އުޅުން އެކަމަށް ބަރޯސާކޮންގެން ދިރި އުޅޭބަޔަކާއިމެދު އެއްވެސް ދިވެއްސަކު ޝައްކެއް ނުކުރާނެއެވެ. މިއި ޢުސޫލުން ބަލާއިރު މަސްވެރިންނަކީ ރަތްޔިތުންގެ މަޖުލީސްގެ މެމްބަރުންނަށް ވުރެ ބޮޑާށް އިއްޒަތާއި އިހްތިރާމް ލިބެންޖެހޭނެ ބައެއްކަން އަޅުގަނޑުގެ ހިތުން ޤަބޫލުކުރަމެވެ. ކެޔޮޅުން އަތުން ބުޅި ކެނޑޭ އުސޫލޫން އޮޑިވެރިން އަތުން ކެނޑޭ އެއްޗެއްވެސް އޮއެދާނެ ތާއެވެ. މި ގޮތުން ބަލާއިރު މިއަދޫ އޮޑިވެރިންނައް ދިމާވެފައިވާ ހަލާތާއި މެދު ވިސްނާ ފިކުރުކޮއް މިކަންތަކަށް ހައްލެއް ހޯދޭނެ ގޮތްތަކައި މެދު މިއަދު ވި ވަނީ ފުޅާކޮށް ވިސްނައްޖެހިފައެވެ. ޑޮކުޓަރުންނައްވެސް ފަރުވާދޭން އެގެނީ ފުރަތަމަ ބަލި ދެނެގަތުމައްފަހުއެވެ. މި ގޮތުން އޮޑިވެރިންނައް ޖެހިގެން މި އުޅޭބައްޔެއް ހޯދާއި ދެނެގަންނަށް އެބަޖެހެވެ، އޭގެ ފަހުން ފަރުވާދޭން ވިސްނާ މަސައްކަތް ކުރާނީއެވެ.

މަސްވެރިކަމަކީ ވެސް ވިޔަފާރިއެކެވެ، ހިދުމަތްވިޔަސް މުދާވިޔަސް ގަނެ ވިއްކުމައް އައްމުކޮއް ކިޔާނަމަކީ ވިޔަފާރިއެވެ. ވިޔަފާރި އެއްގެ ކޮއްމެ ހަރަކާތަކީ ޖުމުލަ ހަރަދު ކެނޑުމައް ފަހު އަދަދެއް ނުވަތަ ބާކުޅަބައެއް ބާކީވެފަ (އަރަންޏެއް) އޮތުމެވެ. ބޮޑު ދޯނި ގިނައިން މަސްބާނާނެ ކަމަށް އޮޑިވެރިންނައް ވިސްނައި ދިން ހަޤީޤަތްތަކީ ކޮބާބާއެވެ. މިވަރުގެ އިންވެސްޓުމަންޓަކަށް އެތައް މިލިއަނެއް ހަރަދުވާއިރު ފަސޭހަ ހިސާބުން މި ކުރަން ހެޔޮވާވަރުގެ ވިޔަފާރިއެންކަން ޔަގީން ކޮންދޭނެ ހިސާބެއް މަސްވެރިން ގެ އަތުން ފެންނާކަށެއް ނެތެވެ. އަނެއް ސަބަބަކީ މަސްވެރިންގެ ވިޔަފާރީގެ ހިސާބުތަކަކީ ތިންވަނަފަރާތަކައް ބެލޭނެ އެއްޗެއް ނޫނެވެ. މަސްވެރިންނާއި ކެޔޮޅުންގެ ކިބައިން ހިސާބުތައް ފަހަށް ރައްކާކުރުމުގެ ސިފަ އާދާވެފައެއްނެތެވެ.

ގިނަ ކެޔޮޅުން ދެއްވާ މަޢުލޫމަތައް ބުރަވެ ހުރެ ވާހަކަ ދައްކާ ނަމާ ނިސްބަތުން ދޯނި ކިތައްމެ ބޮޑަސް ދުވާލަކަށް ބޭނެނީ 5 ޓަންއާއި 7 ޓަންއާއި ދެމެދުގެ އަދަދުގެ މަހެވެ. މަސްވެރިއެއްގެ އުމުރުން ހާހުން އެއްދުވަސް 25 އާއި 30 ޓަނުގެ މަސްބޭނުނު ދުވަހެއް ނާދެޔޭ ބުނާކަށެއް ނުކެރޭނެއެވެ. އެކަމަކު ހާހަކުން އެއްމެ ދުވަހެއްގެ ހިސާބައް ބުރަވެ ހުރެ ބޮޑު ދޯނި ހެދުމަކީ ބުއްދީގެ ބޭނުން ހިފިގެން ކުރެވޭކަމަކަށެއް ނުވާނެއެވެ.

މަސްވެރިންނާއި މަސް ގަނެ ބޭރޫކުރާ މީހުންގެ ޝަކުވާ

ފަސާއަކީ ކިތައްމެ ވަރައް ލިބުނަސް ފުދޭނެ އެއްޗެއް ނޫނުވެ، ލިބޭ ވަރަކައް ބޭނުންތައްވެސް ދާނީ އިތުރުވަމުންނެވެ، އެހެންނަމަވެސް ކެޔެޅުންނާއި އޮޑިވެރިންގެ ހަސްކަންވެސް ފިލުވަން އެބަޖެހެވެ. މަސް ބޭރު ކުރާފަރާތް ތަކައް މޫސުމަކު ލިބޭ އާމްދަނީން ދެ މޫސުމުގެ މީހުން މުސާރައާއި ތަނުގެ ހަރަދު ތައް ޗަލުވަން އެބަ ޖެހެވެ. އެހެން ކަމުން ދެ ފަރާތުގެ ޝަކުވާ ތަކާއި މައްސަލަތައްވެސް ބޮޑުވާނެ ތާއެވެ. އަދި މި މަސްވެރިކަމުން ދެފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމާއި އެކު އަންނަނިވި ޖީލުތަކަށް މި ސިނާއަތް ހިމާޔަތް ކޮއް ރައްކާކޮށްދިނުމުގެ ވާޖިބު އަޅުގަނޑުމެންގެ ޒިއްމާއެއްގެ ގޮތުގައި ދެކެންވާނެއެވެ.


މަސްވެރިންނައް 5 ޓަނު ނުވަތަ 7 ޓަނު މަސް ބޭނުނަސް އެން އޮޑި ހުސްވަންދެން އެކި މަސް އާން އާން ހޯދަން ދުންވަން މަޖުބޫރު ވާނެއެވެ. ދޯނި ބޮޑުވެ ހަރަދުތައް ފޫބައްދައް ލިބޭ މަސް އިތުރުކުރަންވެސް ޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން ބޯޓަށް މަސް ކޮޅު ވިއްކާ އިރު ހުންނަނީ އިންސާނުން ކާންބޭނުންވާ މިންވަރަށްވުރެ މަހުގެ ޖަރާސިމް(ހިސްޓެމިން) ލެވެލް މަތިވެފައެވެ. މަސް ބޭރު ކުރާ ފަރާތްތަކަށް މިކަން އެގެނީ މަސް ފިނިކޮށް ބޭރުގެ ފަރާތްތަކަށް އެކުސްޕޯޓކޮށް ސާރވޭކޮއް ގަންނައިރު ހަދާ ޓެސްޓް ތަކުންނެވެ. ކުރިއާ އަޅާ ކިއާއިރު މި އަދަދު ދޯނިފަހަރު ބޮޑުވުމާއި އަދި އެހެނިހެން ސަބަބުތަކާ ހުރެ 3 ކުން 30 އިން ސައްތަޔައް މި އަދަދު ވަނީ އިތުރުވެފައެވެ. އެހެން ކަމުން މަސްބޭރު ކުރާ ފަރާތްތަކުން ފިނި ނުކުރާ މަހަށް ރަނގާޅު އަގު ދޭން ޖެހިލުންވެސް ވަނީއެވެ.

މީގެ އިތުރުން ޓެރެރިޒަމް ފަދަ ތަފާތު ސަބަބުތަކާހެދީ ދުނިޔޭގެ މަހުގެ ބާޒާރުތައް އޮއްނަ ބޮޑެތި ގައުމުތަކުން ކައިބޯ ތަކެތި ބަލަހައްޓާ ގެންގުޅުމުގެ ޤާނޫނާއި ޤަވާއިދުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިވެފައެވެ، އެހެން ކަމުން މަސްވެރިންވެސް މިކަން ކަމަށް އަހުލުވެރިވެ ކާބޯތަކެތި ގެންގުޅުމުގައި ސަމާލުކަންދޭ މިންވަރު އިތުރު ކުރުމަކީވެސް މަހުގެ އަގު ރަނގަޅު ކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެކެވެ. މި ފަދަ ގަވާއިދު ތަކުގެ ދަށުން ވަރަށް އަވަހަށް ލަކުޑި ދޯނި ފަހަރުން ބަނާ މަސް ބަޔެއް ޤައުމުތަކައް ބޭރު ކުރުންވެސް މަނާވާނެއެވެ.

އަނެއް ޝަކުވާއަކީ ރައްޖޭގެ މަސްކަނޑުތަށް ސަރުކާރުން ނު ބަލަހައްޓާ މައްސަލައެވެ. މިއީވެސް މަސްވެރިކަން ދައްވުމަށް މަސްވެރިން ދައްކާ ބަލާ ގަނެވޭފަދަ އުޒުރެކެވެ. މަސްވެރިން ވަނީ ބޭރުގެ ބޯޓުތައް ދާ އަޅައިގެން ތިއްބާ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެތައްބައެއް އަތުލާފައެވެ. އަދި ދާދި ފަހުން ސިފައިންގެ ތަމުރީން ތަކެއްގައި އީރާނުގެ ދެ މަސްބޯޓުވެސް ދަލާއި އެކު އަތުލާގަނެފައި ވާކަން ފާހަގަ ކުރެވެއެވެ. އީރާނަކީ ޜާއްޖޭގެ މަސް ގަންނަ އެއް ބާޒާރެވެ، އީރާނު ބޯޓުތަކަށް މި ސަރަހައްދުން ދާ އަޅާ މަސްކަނޑު ކަހާލާގެން ދެވޭނަމަ އެ ބަޒާރާށް ރާއްޖޭގެ މަސްވިއްކިދާނެ ބާވައެވެ.

ބޮޑު ކަންނެލީގެ މަސްވެރި ކަން ކުރާފަރާތްތަކުގެ ސަބަބުނެ ވެސް ކަޅުބިލަމަހުގެ މަސްވެރިކަމަށް އަސަރުކުރާ ކަމަށް މަސްވެރިން ޝަކުވާ ކުރަނީވެސް މަދަކުން ނޫނެވެ. ކަނދުފަތީގެ ކައިރިން މަސްވެރިކަން ކުރާނެ އެކަށީގެންވާ ގާނޫނެއް ނެތް މައްސަލަވެސް މިވަނީ މިހާރު ފެންމަތިވެފައެވެ. މީގެ އިތުރުން މަސްކަނދު ފަތިތައް އެކަށިގެން ވަ ގޮތެއްގައި ބަލަހައްޓާ މަރާމާތު ކުރާ މިންވަރާއި މެދު މަސްވެރިން ހިއްހަމައެއް ނުޖެހެއެވެ.

ކަޅުބިލަމަސް މަޢުލޫމަތުގެ ތެރެއިން

ކަޅުބިލަމަހަކީ އައްމުކޮން އެއްތަނުނުއް އަނެއްތަނައް ހިޖުރަ ކުރާ ބާވަތެކެވެ. ކަޅުބިލަމަހުގައި ފާހަގެ ޖެހުމުގެ ޕުރޮގުރާމުން ރާއްޖެއަށްވެސް ވަނީ މިކަން ކަށަވަރުވެފައެވެ. އެއްމެ ބޮޑުވައި ސައިޒަކީ އެއް މީޓަރަށް ނުވަތަ 3.3 ފޫޓާށެވެ. އެވްރެޖެ ބަރުދަނެއް ކަމައް ބެލެވެނީ 3 ކިލޯ ގުރާމެވެ. މިހާތަނައް ރެކޯޑު ކުރެވުނެ އެއްމެ ބަރު ކަޅުބިލަމަހުގެއި 18 ކިލޯ ހުއްޓެވެ. އާއްމު ކޮން ކައި އުޅެނީ ކުދި މަސް(އެމުގެ ބާވަތްތަކާއި) ކުދި ބޯވަދިލަމަހާއި ޑީނގާ އެވެ. މަސް އައި ނެއްގައި އާއްމު ކޮން އުޅެނީ 500000.00 (ފަންސާސް ހާހެވެ) ކާން ތިލަވެ އުޅެނީ ކަނޑުގެ ސަތަހައި ފިނި ހޫނުމިން 12 އާއި 25 ޑިގުރީ ސެލސިޔަސް ހުއްނަ ސަރަހައްދު ތަކުގައެވެ އަދި މަދުން ކަންނެލީގެ ބާވަތްތަކައި އެކު އާންހަދައިގެން އުޅެއެވެ.

މުޅި ދުނިޔެއަށް އަހަރަކު 1.5މިލިއަން މެޓރިކް ޓަނުގެ ކަޅުބިލަމަސް ހިފާއިރު މިއަދަދުގެ 20 އިންސައްތަ ހިފަނީ އިންޑިއާ ކަނޑުންނެވެ. ގިނައިން ހިފައި އުޅެނީ ދާ އަޅައިގެންނެވެ. 1976 ފެށިގެން 2007 އާއި ހަމަޔަށް މުޅީ ދުނިޔެ އަށް ހިފުނު މަހުގެ ތެރެއިން ރާއްޖެ އަން ބޭނުނު މަހުގެ ހިއްސާ އަކީ 0.39 އިން ސައްތައެވެ، މި އީ ފަހަރެއްގައި މުޅި ދުނިޔެހިފޭ މަހުން ހަމަ އެކަނި ދޮށިން ބޭނޭ މަހުގެ އިންސައްތައަށް ވުމަކީ އެކަށީގެންވާކަމެކެވެ. ރާއްޖެ ނުލާ ދެން އެއްމެ ފުޅާ ދާއިރާއެއްގައި ދޮށީގެ މަސްވެރިކަން ކުރަނީ އެމެރިކާގައެވެ. ކަޅުބިލަމަސް ވިހާ އާލާވާ ސަރަހައްދު ތަކުގައި ރާއްޖެ ހިމެނެއެވެ. ކަޅުބިލަމަހުގެ އުމުރަކީ އެއްމެ 3 އަހަރެވެ އޭގެ ފަހުން އޭގެ ޒާތުގައި ފަނާވެ ނެތިދާނެއެވެ. ފަހަރެށްގައި ބޭރު މީހުން ދާ އަޅައިގެން ހިފަނީ މިސަބަބައްޓަކައިކަމަށް ވުމަކީ އެކަށީގެން ވާކަމެކެވެ. އެހެނީ ދޮށިން ބާނަށް ތިއްބައި އެސޮރުމެންގެ އަޖަލު ހަމެވެ ފަނާވެ ގޮސްފާނެއެވެ.

ކަނޑުމަހުގެ ބާވަތްތާކާއި ހައްސަކޮށް ކަޅުބިލަމަހުގެ ސިއްހީ ފައިދާތަކަށް ބަލާއިރު އާއްމު ކޮށް ކަނޑުމަސް ކެއެމުގައި ބޭނުން ކުރާ މީހުން ހިތުގެ ބަލިތަކާ ދުރުކަން ތަފާސް ހިސާބުތަކުން ދައްކައެވެ، މަހުގެ ތެޔޮ(އޮމެގާ 3 ) ފެޓީ އެސިޑް ގެ ސަބަބުން ލޭމައްޗާށް ދިޔުން ދައްކޮށް ނާރުތަކުގައި ލޭގަނޑުވުން ދުރުކޮއްދީ ހިތުގެ ވިންދު އެއްވަރެއްގައި ހިފަހައްޓާދެއެވެ އަދި ކުޑަ ކުދިން ނެޥާ ހިއްލާ ބަލިން ދުރުކޮއްދިނުމަށް އެހީވެއެވެ. އާއްމު ކޮށް ކަޅުބިލަމަސް ކެއުމުގައި ބޭނުން ކުރާމީހުން އުމުރުން ދުވަސްވާމީހުންގެ ކަށީގެ ރިއްސާ ބަލިން ދިފާއުކޮއްދެއެވެ އަދި ރުޅި ކޮންޓްރޯލް ކޮއްދިނުމާއިއެކު ބޭކާރު ކަންތައްތަކުގައި ހާސްވުން ދުރުކޮއްދީ ޑިޕޮރެޝަން ބަލިން ދިފާއު ކޮއްދިނުމައްވެސް އެހީވެއެވެ. މިއީ އަޅުގަނޑައްވެސް ޤަބޫލު ކުރެވޭ ވާހަކައެކެވެ، މިއަދު ގިނަ އޮޑިވެރިންނަކީ ބެންކަށް ދަރާ، ކަންމަތީ ފިހާރައަށާއި، މާ ކެޔޮޅާ އަދި ބަޔެއް ފަޅުވެރިންނަށް ދަރަނިވެރިވެފައި ތިބޭއިރުވެސް މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެއެވެ.


ދެމެހެއްޓެނިވި ތަރައްޤީ އަކަށް މަސްވެރި ކަމުގެ ސިނާއަތަށް އަންނައްޖެހޭ ބަދަލު ތައް:


މިސިނާއަތުގެ އުފެއްދުންތައް ކުރި އަރުވާ ތަރައްޤީ ކުރުމައް މި ސިނާއަތައް ހާއްސަކޮއް އަމާޒު ކުރެވިގެން މާލީ އެހީ ފޯރު ކޮށް ދިނުމައްޓަކައި ބެންކިން ނިޒާމެއް ގާއިމް ކުރުމާކީ މުހިއްމު ކަމެކެވެ. މި ދާއިރާ އަށް ދެވޭ ލޯނަކީ މޫސުމީ މަސްވެރި ކަމަކައް ދެވޭ ލޯނަކައް ހަދާ ހިދުމަތުގެ އަގު %5 އިންސައްތައައް ކުޑެކުރެވިއްޖާ މަސްވެރިންނާއި އެކު މިދާއިރާގެ އިންވެސްޓާރުންގެ ހާސް ކަން ކުޑަ ކުރެވިދާނެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކައިބޯތަކެތި (ރާއްޖޭގެ ނަމަ މަސްވެރިކަމާއި ދަނޑުވެރިކަމުގެ) އުފެއްދުން ތެރިކަމަށް ދޫ ކުރެވޭ ލޯނުގެ އިންޓުރަސްޓް އެހެން ސިނާއަތްތަކާ އަޅާ ބަލާ އިރު %5 ވުރެއްވެސް ކުޑަކަމަށް ފާހަގަ ކުރެވެއެވެ.

މި ހާތަނައް ރާއްޖޭގައި 4 ބިލިއަނައް ވުރެ ގިނަފައިސާ (ދޯނިފަހަރާއެކު މަސްގަންނަ ފަރަތްތަކުގެ އިންފުރަސުޓަރަކްޗަރާއި އެކު) ސީދާކޮށް މަސްވެރިކަމުގެ ސިނާއަތައް އިންވެސްޓު ކުރެވިފައިވެއެވެ. ހުސްއެކަނީ މަސްބޭރު ކުރާފަރާތްތަކުން މަސްގަނުމައް އެކަނިވެސް އަހަރަކު 900 މިލިއަނައް ވުރެ ގިނަރުފިޔާގެ ނަގުދު ފައިސާ ހަރަދުވެއެވެ. މި ދެންނެވި ފައިސާއިން ފައިނޭންސް ޗާޖުގެ ގޮތތުގައި %5 ދައްކުރި ކަމުގައި ވިއަސް ބެންކަށް މައްސަލައެއް ދިމައެއް ނުވާނެއެވެ. އެހެންކަމުން މިދާއިރާއައް ނުވަތަ ދަނޑުވެރިކަމާއި އެކު ހާއްސަ ބެންކެއް އުފައްދުމަކީ މާ ރަނގަޅައްވެސް ވިޔަފާރީގެ އުސޫލުން ދެކޮޅު ޖެހޭނެ ކަމެކެވެ. އަދި މި ބެންކުގައި ދިވެހިންގެ ހިއްސާއެއް އޮތުމަކީވެސް ހަމަ އެއްމެ ރަނގަޅު ކަމެކެވެ.


މަސްފިނިކޮއް ފުރީޒަރުގައި އެކުސްޕޯރޓު އޯޑަރު ލިބެން ދެން ބެހެއްޓުމަކީ ހަރަދު ކޮންޓުރޯލް ކުރުމައް ވަރައް ދަތިވާނެ ދާއިރާއެކެވެ، އެހެން ކަމުން މި ހަރަދު ކުޑަކުރުމައްމާޓަކައި މަހާއި މަސް ހިމޭނޭ އުފެއްދުން ތައް އިތުރައް ފުރީޒަރުގައި ބެހެއްޓުމެގެ ބަދަލުގައި ދިގު މުއްދަތަކަށް ގުދަން ކުރެވޭނެ އުފެއްދުމަކަށް ބަދަލު ކުރަންވިސްނާށެވެ. ދަޅުމަހާއި، ރިހާކުރާއި، ފިނިކުރި މަހުގެ އިތުރުން ސޮސެޖާއި،ބާރގަރ، ފިޝް ފިންގަރސް، މަހުގެ ލުއި ކާނާތައް މިސާލަކަށް ޓުނާ ނޫޑުލުސް ފަދަ ތަކެތި އީޖާދުކޮއް ބާޒާރައް ނެރުމަކީ މިސިނާއަތަށް އާރޯކަން ލިބި އަތް ފޯރާ އަގެއްގައި މި އުފެއްދުންތައް މާރކެޓު ކުރެވޭނެ ގޮތްތަކެވެ.


މަސްގަނެ ބޭރު ކުރާފަރާތްތަކައް ބަލާއިރުވެސް ކުޑަ ކަކޫ ބިންމަތީ ނުޖުހޭ ކުންފުނިއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މައިގަނޑު މައްސަލައަކީ އަހަރަކު ހަރަދު ޗަލުވާލެވިފައި ހިންދެމިލެވެނީ އެއްމެ 4 ވަރަކަށް މަސްދުވަހުއެވެ އަނެއް 8 މަސްދުވަހު ކުންފުނީގެ މަސައްކަތަކައް ވަނީ މަސްގަނެ އެކޮސްޕޯޓު ކުރުމުގެ ބަދަލުގައި މުވައްޒަފުންގެ މުސާރަ ކުޑަކޮއް، ބައެއް ކަނޑާ ދެން ތިބި މުވައްޒަފުންނަށް ޗޫއްޓީ ދީ މުސާރަ ކެނޑޭ ގޮތައް ރައްރަށައްފޮނުވުމެގެ މަސައްކަތް ރާވާ ހިންގުމެ. އެހެންކަމުން އިރުވައި ހަތް ނަކަތުން ލިބޭ އަމްދަނީ ހުޅަނގު މޫސުމްގައި ވެސް ލިބޭނެ ވަސީލަތް ތަކެއް އުފައްދައިގެން ނޫނީ ކުންފުނިތައް ކޮޅައްޖެހޭނެ ގޮތެއް ނޯންނާއެވެ. މި މަގުން ވިސްނާއިރު ކަނޑާއި ފެނުގައި މަސްއުފައްދާ، ދިރުވައި އާލާ ކުރުމަކީ ދުނިޔޭގެ އަލައް ކުރާ ކަމެއްނޫނެވެ. މި މަގުން ކުންފުނިތައް ކުރިއަށްގޮސްގެންނޫނީ ފަރަކު ޖެހޭނެ ދުވަހެއް ނާންނާނެއެވެ. މަސްވެރިން ފައިބަރު ދޯނިފަހަރުގެ ތަޖުރިބާކުރިހެން ކުންފުނިތަކުންވެސް އައު ވިސްނުމަކަށް އައު މިސްރާބަކަށް ދާންއެބެޖެހެވެ.


ނިއްމުން:

މި ރިޕޯޓުން ދޭހަވަނީ މި ސިނާއަތައް އައިސްފައިވާ ބަދަލުތައް ހާއްސާކޮން މަސްވެރި އުޅަދު ފަހަރު ފަރުމާ ކުރުމުގައި، ހިސާބު އަކުރުގެ ބޭނުން ހިފިފައި ނުވާކަމެވެ. ކަމެއް ކުރުމުގެ ކުރިން ބުއްދީގެ ބޭނުން ހިފުމަކީ ކިހާ މުހިއްމު ކަމެއް ކަން އަޅުގާޑުމެންނައް ވަހުމް ވާލެއް ލަސްވަނީއެވެ. ބޮބިން ކުރެވޭ ކަންތައްތަކާއި، ކާށިން ކުރެވޭ ކަންތައްތަކުގެ ތަފާތެއް ހުއްނާނެކަން ޔަގީނެވެ. ހަމަ މި ގޮތަށް ލަކުޑިން ކުރެވޭ ބޭނުމާއި ފައިބަރުން ކުރެވޭ ބޭނުން ތައް ތަފާތުވެސް ވާންޖެހޭނެ ތާއެވެ. އެހެން ކަމުން ފައިބަރު ދޯނި ފަހަރަކީ މަސްފިނިކުރެވޭ އުޅާދުފަހަރައްވެސް ވާން ޖެހެއެވެ އަދި މިއާ އެކު އެން އެޑިއާއެކު ބޭރުވާ ގޮތައް ރޭނގަނޑައް ރަށައް އައުމުގެ ބަދަލުގައި ދޯނި ފުރާ މަސްލިބުމުން ރަށައް އަނަނަށް އާދާ ކުރަންވީއެވެ.


"އަރާބާރު" ނެރެދެއްވުން

"އަރާބާރު" ނެރެދެއްވުން
އަރާބާރުގެ ފުރަތަމަ ޢަދަދު ނެރެދެއްވީ ރައީސް ނަޝީދު (5 މެއި 2009)